- Advertisement -ad image

ހަނގުރާމަ އާއި ދެކޮޅަށް މުޒާހަރާކުރި 1،300 އަށްވުރެ ގިނަ މީހުން ރަޝިޔާއިން ހައްޔަރު ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ރައީސް ލެޑްމިޔާ ޕުޓިން ޔުކްރޭންގެ އާންމު ރައްޔިތުންނާއި އާއި ދެކޮޅަށް އިއުލާންކޮށްފައިވާ ހަނގުރާމަ އާއި ދެކޮޅުވެ މުޒާހަރާކުރި ރަޝިޔާގެ 1،300އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަވާކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

ރަޝިޔާގެ ޕޮލިސް މޮނިޓަރިން ގްރޫޕެއް ކަމަށްވާ އޯޑީވީ-މޮނީޓަރިން ގްރޫޕުން ބުނިގޮތުގައި ޕުޓިން އެ ދުވަހު ހެނދުނު ދެއްކި ވާހަކައަށް ފަހު އެ ޤައުމުގެ 38 އަވަށެއްގައި ކުރި މުޒާހަރާތަކުން ޖުމްލަ 1،332 މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފެބްރުއަރީ މަހު މި ހަނގުރާމަ އިއުލާންކުރި ފަހުން އެ ޤައުމުގައި މިކަމާއި ނުރުހުންވެ ހަނގުރާމަ ކުރަމުން އަންނަ މީހުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

މި މުޒާހަރާތަކާއި ގުޅިގެން ރަޝިޔާގެ ވެރިރަށް މޮސްކޯގެ ވިޔަފާރިއަށް ހާއްސަ މަގުތަކުގައި އެންޓި-ރަޔޮޓް ޔުނީފޯމުގައި ފުލުހުން އަބަދުވެސް ފޯރިމަރައެވެ. އަދި މި ހިސާބުތަކުގައި ހަމަހިމޭންކަމުގެ މުޒާހަރާތައް ކުރާ ކުދި ކުދި ގްރޫޕްތައް ވެސް ފުލުހުން ހައްޔަރުކޮށްގެން ގެންދާކަމަށް އޭއެފްޕީގެ ނޫސްވެރިއަކު ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ