- Advertisement -ad image

ދެ ފާރު ވެއްޓި ހިނގި ހާދިސާގައި 10 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ދެ ފާރެއް ވެއްޓި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަކަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.

މި ދެފާރު ވެއްޓެން ދިމާވީ މިހާރު އެ ޤައުމަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހު އުއްތަރު ޕްރަދޭޝް ސަރަހައްދަށް ވާރޭ ވެހޭ މިންވަރުވަނީ އިތުރު ވެފައެވެ.

އުއްތަރު ޕްރަދޭޝްގެ އުޓަވާގެ އިތުރުން ފީރޯޒަބާދާއި ބަލްރަމްޕޫރުން ވެސް ވަނީ ވިއްސާރަެިގެ ސަބަބުން ހިނގި ހަދިސާތަކުގައި މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހުވެސް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފަ އެވެ.

އުއްތަރު ޕްރަދޭޝްގެ އޮފިޝަލުން މިހާރު ދަނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ