- Advertisement -ad image

އެއަރޕޯޓްގެ ގޮނޑިއެއްގެ ދަށުން ފެނުނީ ވިހަގަދަ ހަރުފައެއް !

ad image

ގުޅުންހުރި ލިޔުންތައް


އޮސްޓްރޭލިޔާގެ ބްރިސްބޭން އެއަރޕޯޓަކީ އެންމެ ބާރުބޮޑު އެއް އެއަރޕޯޓަށް ވާއިރު މިއަދު ވަނީ އެއަޕޯޓްގައި ހުރި ގޮނޑިބަރިއެއްގެ ދަށުން ވިހަ ގަދަ ހަތުފައެއް ފެނިފައެވެ.
އެއަރޕޯޓަށް ފުރަން ގޮސްހުރި ފަތުރުވެރިއަކަށް މި ހަރުފަ ފެނިފައިވަނީ އޭނާ އިށީންދެގެން އިން ގޮނޑިބަރީގެ ދަށުންނެވެ.
މި ހަރުފަ ެތަނުގައި އޮތްތަން ފެނި ފަސިންޖަރު ވަނީ ވަރަށް ބިރުގެންފައެވެ. ސަބަބަކީ މިއީ ދުނިޔޭގައި އުޅޭ އެންމެ ވިހަގަދަ ހަރުފައިގެ ވައްތަރެއް ކަމަށްވާތީއެވެ. ބްރިސްބެން އެއަރޕޯޓްގެ އޮފިޝަލެއް ބުނެފައިވަނީ ހަރުފަ ހިފުމަށްޓަކައި އެކަމުގެ މާހިރަކު ވަނީ ގެންގޮސްފައެވެ.
‘މިއީ ސްޓާފުންނާއި ޕެސެންޖަރުންނަށް ލިބުނު ސަޕުރައިޒެއް. އެކަމަކު އެންމެންވެސް ވަނީ ރައްކާތެރިކަމާއެކު އެހެން ގޭޓަކަށް ބަދަލުކުރެވިފައި’. އޮފިޝަލް ބުންޏެވެ.
މިވައްތަރުގެ ހަރުފައެއް ވިހަލުމުން ފަރުވާ ނުލިބި ބައިގަޑިއިރު ވެއްޖެނަމަ މީހާ މަރުވާނެ ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ. މިވައްތަރުގެ ހަރުފަ އެންމެ ބޮޑުވަނީ ދެ މީޓަރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ