- Advertisement -ad image

ހަރިކޭން އިއާން: މިހާތަނަށް ފްލޮރިޑާ ނުދެކޭ ވަރުގެ ބިރުވެރި ތޫފާނެއް!

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުފެދިފައިވާ ހަރިކޭން އިއާން ފްލޮރިޑާއަށް އަރައިފި އެވެ. މިއީ މިހާތަނަށް ފްލޮރިޑާއަށް ނާރާވަރުގެ ގެއްލުން ބޮޑު ތޫފާނަކަށް ވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ހަރިކޭން ސެންޓަރުން ބުނާ ގޮތުގައި ފްލޮރިޑާއަށް އަރާފައިވާ ތޫފާންގެ އަސަރު ފްލޮރިޑާގެ ހުރިހާ އެންމެނަށް ވެސް ކުރާނެއެވެ. 21.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފްލޮރިޑާގައި މި ތޫފާންގެ އަސަރު ނުކުރާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެސެންޓަރުން ބުނެއެވެ.

މި ތޫފާނުގެ ސަބަބުން ފްލޮރިޑާގެ ގިނަ ހިސާބުތަުގައި ހުރި ގެތަކުގެ ފުރާޅުތަކާއި ހަމަޔަށް ހުރީ ފެންގަނޑު އުފުލިފަ އެވެ. އެންމެ ބާރުގަދަ ތޫފާންތައް ގިންތިކުރާ ހަތަރު ވަނަ ދަރަޖައިގައި ގިންތި ކޮށްފައިވާ މިތޫފާން ފްލޮރިޑާއަށް ވުރެ ބޮޑެވެ. ތޫފާންގެ ސަބަބުން 155 މޭލުގެ ބާރުމިނުގައި އަންނަނީ ވައި ޖެހެމުންނެވެ.

މޫސުން ގޯސްވެ، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދެވޭ ވަރުވެސް ނުވާތީ ފްލޮރިޑާގެ ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް މެދުކަނޑާލާފައެވެ. ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ބުނާ ގޮތުގައި އާއްމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ހާލަތު ހުރިގޮތުން ކުރެވޭކަށް ނެތެވެ.

ތޫފާންގެ ސަބަބުން ފްލޮރިޑާގެ އައްސޭރިފަށަށް ރާޅު ވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިނުގައި 18 ފޫޓް ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ތޫފާން މީގެކުރިން ވަނީ ކެނެޑާއަށްވެސް އަރާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ