- Advertisement -ad image

ފަރުބަދަމަތިން ގެއްލުނު މަޝްހޫރު ސްކިއާގެ ހަށިގަނޑު ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

ފަރުބަދަމަތީގައި ސްކީ ކުރަނިކޮށް ގެއްލުނު މަޝްހޫރު ސްކިއާ 49އ. ހިލަރީ ނެލްސަންގެ ހަށިގަނޑު ހޯދައިފި އެވެ.

އެމެރިކާއަށް ނިސްބަތްވާ ނެލްސަން ގެއްލިފައި ވަނީ ދުނިޔޭގައި 8 ވަނައަށް އެންމެ އުސް ފަރުބަދަ މަތިން ވެއްޓުމަަށް ފަހުގަ އެވެ.

މި ފަރުބަދަ އަކީ ނޭޕާލްގައި ހުންނަ މައުންޓް މަނާސްލޫ ފަރުބަދަ އެވެ. ނެލްސަން ވެއްޓުނުއިރު ގާތުގައި އޭނާގެ ބައިވެރިޔާ ޖިމް މޮރިސަންވެސް ހުއްޓެވެ.

ނެލްސަން އަކީ ދުނިޔޭގައި 4 ވަނަ އަށް އެންމެ މޮޅު ސްކިއާ އެވެ. ނެލްސަންގެ ހަށިގަނޑު ފެނިފައިވަނީ ހެލިކޮޕްޓަރުގައި ދެ ދުވަސް ވަންދެން ކުރި މަސައްކަތުންނެވެ.

ނެލްސަންގެ ހަށިގަނޑު ވަނީ ކަތަމަންޑޫގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި މިހާރު ކުރިއަށްދަނީ އޮޓޯޕްސީ ހެދުމުގެ މަސައްކަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ