- Advertisement -ad image

ލޯނު ދިނުމުގެ ނަމުގައި ފޭކް އެޕެއް ހިންގަމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ ޕޫނޭގައި ލޯނު ދިނުމުގެ ބަހަނާގައި މަކަރާއި ހީލަތުން މީހުންގެ ޒާތީ މައުލޫމާތު ހޯދަމުން ދިޔަ ބޮޑު ނެޓްވޯކެއް އަތުލައިގެންފި އެވެ.

އަތުލައިގަތް މީހުން މަކަރާއި ހީލަތުން އެހެން މީހުންގެ ޒާތީ މައުލޫމާތު ހޯދަމުން ދިޔައީ އެޕެއް މެދުވެރިކޮށެވެ. އަދި މި ތުހުމަތުގައި ވަނީ 18 މީހަކު ހައްޔަރު ކޮށްފަ އެވެ.

މިހާތަނަށް ޕޫނޭ ފުލުހުންވަނީ މި ގޭންގުން ހޯދާފައިވާ ލައްކައަކަށް ވުރެ ގިނަ މިހުންގެ މައުލޫމާތުތައް ރިކަވާ ކޮށްފަ އެވެ.

މި ލޯން އެޕްލިކޭޝަނުން ވަނީ 500 – 7000 ރުޕީސް އާއި ދެމެދުގެ ލުއިލޯނުތައް ލިބޭގޮތަށް އޮފާރތައް ހަދާފަ އެވެ. އަދި މި އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށް މި ގޭންގަށް ފޯނު ވެރި ފަރާތުގެ ކެމެރާ، ކޮންޓެކްޓްސް އަދި ފޮޓޯތަކަށް ވަނުމުގެ ހުއްދަ ލިބެއެވެ.

އަދި އޭގެން ފަހުން މި ގޭންގުން ގެންދިޔައީ މި ފަދަ ޒާތީ މައުލޫމާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މީހުން ބްލެކްމެއިލްކޮށް ފައިސާ ހޯދަމުންނެވެ.

ޕޫނޭ ފުލުހުން ވަނީ މި އެޕް ހިންގަމުން ދިޔައީ ޗައިނާ އަދި މެދުއިރުމަތީގެ ބައެއް ކުންފުނިތަކާއި ގުޅިގެން ކަމަށް ބުނެފަ އެވެ. ފުލުހުން ވަނީ މި ގޭންގުގރ އަތުން 70ލައްކަ އަށްވުރެ ގިނަ ފައިސާ ހޯދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ