- Advertisement -ad image

ކިއޭވްއަށް ނިއުކްލިއަރ ހަމަލާއެއް އަތުވެދާނެ ކަމަށް ތައްޔާރުވާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ޔުކްރޭންގެ ވެރިރަށް ކިއޭވްއަށް ނިއުކްލިއަރ ހަމަލާއެއް އަތުވެދާނެކަމުގެ ބިރާއެކު އެ ސިޓީގެ ރައްޔިތުން ތައްޔާރުވާން ފަށައިފިއެވެ.

ކިއޭވްގެ ރައްޔިތުން މި ހަމަލާއަށް ތައްޔާރުވާން ފެށީ ޔުކްރޭންއިން ރައްދުގައި ދިން ހަމަލާއަކަށް ފަހުގަ އެވެ. މި ހަމަލާއަށްފަހު ރަޝިޔާގެ ސިފައިން ފަހަތަށް ޖެހުމުން އެ ޤައުމުގެ ރައީސް ޕޫޓިން ވަނީ ހަނގުރާމަ ކާމިޔާބު ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނޭ ކަމަށް ވިދާޅިވެފައެވެ.

ރަޝިޔާއިން ކިއޭވްއަށް ނިއުކްލިއަރ ހަމަލާއެއް ދީފާނެކަމަށް ލަފާކުރެވޭތީ ކިއޭވްގެ އިވެކުއޭޝަން ސެންޓަރުތަކަށް ޕޮޓޭސިއަމް އަޔޮޑިން ޕިލްސް ހަވާލުކުރަމުންދާކަމަށް އޮފިޝަލުންނާ ހަވާލަދީބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

މި ބޭހަކީ ނިއުކްލިއަރ ރޭޑިއޭޝަންއަށް ހުށަހެޅުމުގެ ކުރިން ނުވަތަ އޭގެ ފަހުން ވަގުތުން ބޭނުންކުރުމުން “ތައިރޮއިޑް ގްލޭންޑް”އިން ގެއްލުންދެނިވި ރޭޑިއޭޝަން ހަށިގަނޑަށް ވަނުމަށް ހުރަސްއެޅުމަށް އެހީތެރިވެދޭނެ ބޭހެކެވެ.

ޔޫކްރެއިންގެ ސިފައިންގެ ފައުޖުތައް ބަލިކުރަން ޕޫޓިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވާނެ ކަމުގެ ބިރު ދަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ