- Advertisement -ad image

އޮމިކްރޯންގެ ކޭސްތައް ގިނަވެ ޗައިނާ ލޮކްޑައުންއަކާއި ދިމާލަށް

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19ގެ ކޭސްތައް ގިނަ އަދަދަކަށް ފެންނަމުންދާ ޗައިނާއިން އޮމިކްރޯންގެ އިތުރު ދެ ކޭސް ފެނިފައިވާކަމަށް އެ ޤައުމުގެ އޮތޯރިޓީތަކުން ބުނެފި އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އިޤްތިސާދު ބޮޑު ޗައިނާއިން މި ފަހަރު ފެނިފައިވަނީ އޮމިކްރޯންގެ ދެ ވޭރިއަންޓެއް ކަމަށްވާ BF.7 އާއި BA.5.1.7 އެެވެ. މި ދެ ވޭރިއަންޓް ފެނުފައިވަނީ އެ ޤައުމުގެ ދެ ޕްރޮވިންސަކުންނެވެ.

ޗައިނާގެ ސިއްހީ މާހިރުން ބުނާގޮތުގައި އަލަށް ފެނުނު މި ދެ ވޭރިއަންޓަކީ އޭގެ ނުރައްކާ އިންތިހާއަށް ބޮޑު އަދި ފަސޭހައިން ފެތުރުމުގެ ފުރުސަތު އޮތް ވޭރިއަންޓް ތަކެކެވެ.

ޗައިނާގެ ނެޝަނަލް ހެލްތުން ވަނީ އިއްޔެ އެކަނިވެސް އެ ޤައުމުން ކޮވިޑް-19ގެ 1،760 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ބުނެފަ އެވެ. މި ކޭސްތައް ފެނުނު ސިޓީތަކުގެ ތެރޭގައި ބެއިޖީން، ޝަންހާއީ، ޝެންޖެން އަދި ޝިޔާން ހިމެނެ އެވެ.

ޗައިނާގެ އިތުރުން މި އައު ދެ ވޭރިއަންޓް އަންނަނީ ބެލްޖިއަމް، ޖަރުމަނު، ފްރާންސް، ޑެންމާރކް އަދި އިނގިރޭސިވިލާތުގައި ފެތުރެމުންނެވެ.

ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން ޗައިނާަގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޒީރޯ ކޮވިޑް ޕޮލިސީގެ ދަށުން ގިނަ އަދަދަކަށް މީހުން ޓެސްޓުކޮށް އަދި ހަރުކަށިކޮށް ލޮކްޑައުންވެސް ކުރާނޭކަމުގެ އިންޒާރުވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ތި ވިޔަފާރި މިހާރު މީސްތަކުންނަށް ދަސްވެ ނިމިއްޖެ، ދެން އެހެން ވިޔަފާރި އެއް ކުރެވޭތޯ އުޅޭ އަނެއްކާވެސް މީސްތަކުން ބިރު ގަންނަވައިގެން. އެތައް މަޔަކާއި ބަފައެއް ގެންގޮސް އަޅާނުލައި އެކަނި ބާއްވައިގެމް މަރާފަ ދަރިންނަށް ދައްކާނުލާ ވަޅުލި، ދެއްކީ ހައްތާވެސް ބިރު، މިހާރު ތި ކޮވިޑްކޮބާ؟ އޭރު ވެކްސިނަކަށްވެސް ނުގުޑާ، އެވެސް ދެއްކި ބިރު 🤷‍♂️

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ