- Advertisement -ad image

އިޒްރޭލާއި ލުބުނާނުން ސުލްހަވަނީ؟

ad image

ގުޅުންހުރި ލިޔުންތައް

ރަސްމީގޮތުން ހަނގުރާމަ އިއުލާނުކޮށްފައިވާ އިޒްރޭލާއި ލުބުނާނުން ދާއިމީ މެރިޓައިމް ބޯޑަރެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި “ތާރީހީ ކުރިއެރުންތަކެއް” ހޯދާ، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

މެޑިޓެރެނިއަން ކަނޑުގެ 3300 މޭލުގެ ސަރަހައްދެއްގެ މިލްކުވެރިކަމާ މެދު ހެދި މި ދެ ޤައުމު ކޯޅެމުން އަންނަތާ އެތައް ޒަމާނެއް ވެެއްޖެ އެވެ. ނަމަވެސް މި އެއްބަސްވުމާއެކު މެޑިޓެރެނިއަން ކަނޑުގެ ސަރަހައްދުތަކުގެ އަޑީގައި ގޭސް ހުރިތޯ ބެލުމަށް ދެގައުމަށް ވެސް ފުރުސަތު ހުޅުވިގެންދާނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ޔައާ ލާފިދު ވަނީ މި އެއްބަސްވުމުގެ ސަބަބުން ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަވެ، އެތައް ބިލިއަން ޑޮލަރެއް އިގްތިސާދަށް ވަދެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މި އެއްބަސްވުމުގެ ތަފްސީލުތައް އަދި އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކެރީޝް ގޭސް ވަޅާއި ގޭސް ހުންނާނެ ކަމަށް ބެލެވިފައިވާ ކާނޫގެ ކުޑަ ސަރަހައްދެއް ވެސް ފެތެނީ އިޒްރޭލުގެ ސަރަހައްދީ އިމުގައި ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ