ޔުކްރޭންގައި މިހާރު އޮތް ހަނގުރާމާއިގެ މަސްރަހާއި ގުޅިގެން އެ ޤައުމަށް މިސްރުގެ ރައްޔިތުން ދަތުރު ނުކުރަމަށް މިސްރުން އިލްތިމާސްކޮށްފި އެވެ.
ރަޝިޔާއިން ހަނގުރާމަ އިއުލާންކޮށް ޔުކްރޭނަށް ދޭން ފެށި ހަމަލާތަކަށް ޔުކްރޭނުންވެސް މިހާރު އަންނަނީ ރައްދުދެމުންނެވެ. އަދި ހަނގުރާމަ އިތުރު ގޯސްވެފައިވަނީ ރަޝިޔާގެ ސިފައިން ޔުކްރޭންގެ ކިޔެވްއަށް ހަމަލާ ދިނުމުންނެވެ.
މިސްރުގެ ފޮރިން މިނިސްޓްރީގެ ބަޔާނުފައި އަދި ބުނެފައިވަނީ ޔުކްރޭންގައި މިހާރު ތިބި އާއިލާތަކާއި ވަކިވަކި ފަރުދުން ވެސް އެ ގައުމުން ފޭބުން އެދެވޭ ކަމަށެވެ. އަދި ޔުކްރޭންގެ މިހާރުގެ ހާލަތު ސިޔާސީ ގޮތުންނާއި ފަރުދުންގެ ފިކުރީ ނަޒަރިއްޔާ ވެސް ވަކި ގައުމަކަށް ރައްކާތެރިކަންް ކަށަވަރު ނުކޮށްދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެހެންނަމަވެސް މިސްރުން ވަނީ ކޮންމެހެން ތިބެން ޖެހިއްޖެ ހަލަތެއް ޔުކްރޭނުގައި މަޑުކުރި ނަމަވެސް ރައްކާތެރިވެ ތިބުމަށާއި، ހަނގުރާމައާ ގުޅުން ހުރި އެއްވެސް ހިސާބަކަށް ދަތުރުނުކުރަން އަންގާފަ އެވެ.
ކްރައިމިއާ ބްރިޖަށް ހަމަމާދީ ގޮއްވާލުމުގެ ފަހަތުގައި އޮތީ ޔުކްރޭން ކަމަށް ބުނެ ޔުކްރޭނަށް ދޭ ހަމަލާތައް ރަޝީއާ ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ވަރުގަދައަށް ހަމަލާ ދިން އަވަށްތަކުގެ ތެރޭގައި ކިޔެވް ހިމެނެ އެވެ.