- Advertisement -ad image

މުރަނގަތޮޅި ރިހަ މީރުކޮށް ކައްކާ ނުދިނުމުން މަންމަ މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ ކަރްނާޓަކާ އަވަށުގައި ފިރިހެނަކު އޭނާ އަށް މީރުކޮށް ‘ސާމްބަރް’ ނުވަތަ މުރަނގަތޮޅީގެ ރިހަ ކައްކާ ނުދިނުމުން މަންމަ އާއި ކޮށްކޮ ބަޑިޖަހާ މަރާލައިފިއެވެ.
އުމުރުން 24 އަހަރުގެ މަނޫޖަނަތު ހަސްލާ ވަނީ އޭނާގެ 42 އަހަރުގެ މަންމަ އާއި 19 އަހަރުގެ އަންހެން ކޮށްކޮ މަރާލި ކަމުގެ ތުހުމަތުގައި ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައެވެ.
ހަބަރުތައް ބުނާ ގޮތުން މަނޫޖަނަތު އަކީ ރާ ބުއިމަަށް ދެވިހިފައިފާ ހުންނަ މީހެކެވެ. އަދި މަސްތުގެ ހާލަތުގައި ހުރެގެން މަނޫޖަނަތު އޭނާގެ މަންމަ އާއި ޒުވާބު ކުރީ ގޭގައި އެވަގުތު ކައްކާފައި ހުރި ސާމްބަރުގެ ރަހަ ވަރަށް ނުބައި ކަމަށް ބުނެއެވެ.

މީގެ އިތުރުންވެސް މަންޖުނަތު ވަނީ މަންމަ އޭނާގެ އަންހެން ކޮށްކޮ އަށް ފޯނެއް ގަނެދިނުމަށް ލޯނެއް ނަގާފައިވާތީ އެކަމާވެސް ނުރުހުން ފާޅުކޮށްފައެވެ.
ފުލުހުން ބުނީ މަނޫޖަނަތު އެންމެ ފުރަތަމަ ބަޑިޖަހާ މަރާލީ މަންމަ ކަމަށާއި ކޮއްކޮ މަރާލީ އޭގެ އިރުގަނޑެއް ފަހުން ކަމަށެވެ. މަންމަ އާއި ކޮއްކޮ މަރާލި ބަޑި އަކީ ކަންޓްރީ މޭޑް ގަން އެއް ކަމަށާއި އެއީ ގޭގައި އޮންނަ ބަޑިއެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ