- Advertisement -ad image

ނައިޖީރިއާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 600އަށް

ad image

ގުޅުންހުރި ލިޔުންތައް

މި ގަރުނުގައި ވެސް ނައިޖީރިއާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 600އަށް އަރައިފި އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު ނައިޖީރިއާގެ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފަ އެވެ. އަދި ދެ ލައްކައަށްވުރެ ގެތައް އެއްކޮށް ސުންނާފަތިވެފައިވާކަމަށް އެ ޤައުމުގެ އިންސާނީ ހައްގުތަކާ ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މަހުގެ ކުރީކޮޅު ނައިޖީރިއާގެ ނެޝަނަލް އެމަރޖެންސީ މެނޭޖްމަންޓް އެޖެންސީއިން ވަނީ މި ވިއްސާރައިގައި ނައިޖީރީއާގައި ފެންބޮޑުވާނޭކަމުގެ އިންޒާރު ދީފަ އެވެ. އަދި އެންމެ ބޮޑުކޯރުތައް ކަމަށްވާ ނައިގާ އަދި ބެނޫ ކޯރު ބަންޑުންޖަހާލާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ކޮންމެ އަހަރަކު ވެސް ނައިޖީރިއާއަށް ފެންބޮޑުވުމުގެ ހާލަތު ކުރިމަތިވި ނަމަވެސް އާންމުކޮށް މިކަން ކުރިމަތި ވަނީ މޫދާ ކައިރި ސަރަހައްދުތަކުގަ އެވެ. ނަމަވެސް މިފަހަރު މީ ފާއިތުވެ ދިއަ 10 އަހަރު ތެރޭ މިހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރު ކަމަށާއި މީ އަވަށްޓެރި ކެމެރޫން އިން ލަގްޑޯ ޑޭމަށް އެއްވެފައި ހުރި އިތުރު ފެންތައް ދޫކޮށްލުމުންނާއި އާދަޔާ ހިލާފު ވިއްސާރަ މޫސުމަކާ ގުޅިގެން ކުރިމަތިވި ހާލަތެއް ކަމަށް އަބޫޖާގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ