- Advertisement -ad image

ހަނގުރާމައިގައި ރަޝިޔާ ރައްޔިތުން ސިފައިންގެ ގޮތުގައި ބޭނުންކުރުމަށް ޕުޓިން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޔުކްރޭން އާއި ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެ، ރަޝިޔާގައި މާރޝަލް ލޯ އިއުލާންކޮށްފި އެވެ.

ރަޝިޔާގެ ރައީސް ވްލެޑްމިޔާ ޕޫޓީން ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ރަޝިޔާގެ ބައެއްކަމަށް ނިންމާފައިވާ ޔުކްރޭނުގެ ހަތަރު ސަރަހައްދަކުން ޔުކްރޭނަށް ހަމަލާ ދިނުމަށް އެހިސާބުތަކުގައި ދިރިއުޅޭ ރަޝިޔާގެ ރައްޔިތުން، ސިފައިންގެ ގޮތުގައި ނުކުތުމަށް ގޮވާލާފަ އެވެ. ރަޝިޔާގެ ބައެއް ގޮތުގައ ނިންމާފައިވާ ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހާންސްކް، ޙޭރސަން އަދި ޒަޕޯރިޝިއާއެވެ.

ޕޫޓިން ވަނީ މި ހަތަރު ސަރަހައްދުތަކުން ޔުކްރޭނަށް ހަމަލާދޭނީ ކުއްލިއަކަށް ނޫންކަމަށާއި، އޭގެ ބަދަލުގައި މާރޝަލް ލޯގެ އެހީގައި އާއްމުން ބޭނުންކުރާނެކަމަށް ބުނެފަ އެވެ. އަދި މި ފިޔަވަޅުތައް އަޅާނީ ޔުކްރޭންގައި މިހާރުތިބި ރަޝިޔާގެ ސްޕެޝަލް މިލިޓަރީ އޮޕަރޭޝަންގެ އެހީގަ އެވެ.

ޕޫޓިންގެ މި ނިންމުންތަކުގެ މަޤްސަދަކީ މި ސަރަހައްދުގެ އިޤްތިސާދާއި، އުފެއްދުންތައް އިތުރުކޮށް، އަދި އިތުރަށް ތަރައްގީކުރުން ކަމަށް ޕޫޓިން ދެކެއެވެ.

ރަޝިޔާއިން ގެންދަނީ ފުލުފުލުން ޔުކްރޭނަށް ބޮޑެތި ހަމަލާތަކެއްދެމުންނެވެ. މިގޮތުން މިސައިލްގެ ގިނަ ހަމަލާތަކެއްވެސް އެ ޤައުމުންދާދިފަހުން ވަނީ ޔުކްރޭނަށް ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ