- Advertisement -ad image

އެމްބިއުލާންސް އެއް ނުލިބުމުން މަރުވެފައިވާ ކޮއްކޮގެ ހަށިގަނޑު ގެންދިޔައީ ކޮނޑުގައި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ ބޯޕާލްގައި ހަތަރު އަހަރުގެ ކޮއްކޮއަށް އެމަރޖެންސީ ސިއްހީ ފަރުވާ ލިބުން ލސްވެ މަރުވުމަށްފަހު، ހަށިގަނޑު އުފުލަންއެމްބިއުލާންސް އެއް ހަމަޖައްސައި ނުދިނުމުން ކޮއްކޮގެ ހަށިގަނޑު ކޮނޑުގައި އަވަށަށް ގެންގޮސްފި އެވެ.

މިމީހާ ވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ މި ކުއްޖާގެ ހަށިގަނޑު ކޮނޑައް ލައިގެން ބޯޕާލް ސްޓޭޓްގެ މަގުތައް މަތީގައި ހިނގާފަ އެވެ. އަދި އެންމެ ފަހުން އޭނާއަށް އަވަށާއި ހަމަޔަށް ފޯރާފައިވަނީ އާއްމުން ގޮވައިގެން ދަތުރުކުރާ ބަހެއްގެ އެހީގައި ކަމަށް ނޫސްތަކުން ބުނެއެވެ.

މީގެހަތަރު މަހައްހާ ދުވަސްކުރިންވެސް ވަނީ ހަމަ މިއުމުރުގެ ކުއްޖަކު އުފުލޭނެ އިންތިޒާމް ހަމަޖައްސައިނުދިނުމުން އެ ކުއްޖާގެ އާއިލާއިން ހަށިގަނޑު ކޮނޑުގައި އުފުލާފަ އެވެ. މި ދެ ހާދިސާވެސް ހިނގާފައިވަނީ ޝައްތައްޕޫރްގަ އެވެ. މިއާއެކު އިންޑިޔާގެ ރައްޔިތުން ދަނީ އެ ޤައުމުގެ އެމަރޖެންސީ ސިއްހީ ފަރުވާތަކާއި އަދި އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ކޮނޑަށް ލައިގެން މަގުމަތިން އޭނާގެ ބޮޑުބޭބެވަނީ ހަށިގަނޑު އުފުލާނެ ސަރުކާރު ވެހިކަލެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ޕްރައިވެޓް ވެހިކަލް އެއްގައި ގެންދާނޭ ފައިސާ ނެތުމުން މި ކުއްޖާގެ ހަށިގަނޑު އަވަށަށް ގެންދިޔައީ ބަހެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ