- Advertisement -ad image

އިންޑޮނޭޝިޔާއިން ވެސް ދިޔާ ބޭސް ބޮއެގެން 133 ކުޑަކުދިން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިންޑޮނޭޝިޔާގެ ގިނަ އަދަދެއްގެ ކުޑަކުދިން ދިޔާ ބޭހެއް ބުއިމުގެ ސަބަބުން ކިޑްނީ ފެއިލްވެ، މަރުވެއްޖެ އެވެ.

އިންޑޮނޭޝިޔާގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި އެކިއުޓް ކިޑްނީ އިންޖަރީގައި 133 މަރުވެފައިވާ ކަމަށެވެ. މި ބޭސް ބުއިމުގެ ސަބަބުން ކުޑަކުދިން ކިޑްނީ ފެއިލްވެގެން މަރުވި ކުދިންގެ ތެރެއިން 99 ކުދިންނަކީ މީގެކުރިން މަރުވިކުދިންނެވެ.

އިންޑޮނޭޝިޔާގެ ހެލްތް މިނިސްޓްރީން މިހާރު ގެންދަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން ގޮތްނޭނގި ކުޑަކުދިން ކިޑްނީ ފެއިލްވެ މަރުވަމުންދާ މައްސަލަ ތަހްގީގް ކުރަމުންނެވެ. މި މަރުތައް ގުޅިފައިވާ ދިޔާ ބޭހަކާއި ގުޅިގެންކަމަށް ޝައްކުވުމާއެކު ހެލްތް މިނިސްޓްރީން ވަނީ ހުރިހާ ބާވަތެއްގެ ދިޔާ ބޭސް ވިއްކުން މަނާކޮށްފަ އެވެ.

ދާދިފަހުން ގަމްބިއާގައި ވެސް އިންޑިޔާއިން އުފެއްދި ކޯފް ސިރަޕް ބޮއެގެން ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައެވެ. އިންޑޮނޭޝިޔާގައި ވިއްކި ދިޔާ ބޭސްގައި ގަމްބިއާގައި ވިއްކި ކޯފް ސިރަޕުން ފެނުނު ސިއްހަތުން ގެއްލުން ލިބޭ ދެ މާއްދާއެއް ކަމަށްވާ އެތިލީން ގްލައިކޮލް، ޑައިތީލީން ގްލައޮކޮލް ވެސް ފެނިފަ އެވެ.
އިންޑޮނޭޝިޔާގެ 22 ޕްރޮވިންސްއަކުން 241 ކިޑްނީ ފެލްވުމުގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތް މިނިސްޓަރ ބުދީ ގުނާޑީ ސަޑިކިން ވަނީ ވިދާޅުވެފަ އެވެ. އޭގެތެރެއިން 133 ކުދިން ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ