އިޒްރޭލް ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކަށް ހަމަލާދީ ޝަހީދުކޮށްލާފައި ވާކަމަށް ސިއްހީ އެހީތެރިން ބުނެފި އެވެ.
ވެސްޓް ބޭންކްގެ ވަޒަންވެރިއެއް ކަމަށްވާ 32އ. ގެ ރަބީ އަރަފާ ރަބީ ޝަހީދުކޮށްލާފައިވަނީ އޭނާ އިޒްރޭލް މީހަކަށް ވަޅިން ހަމަލާދިނުމުން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އިޒްރޭލް ސިފައިން ވަނީ ގަލްގިޔާ އަށުގެ ހުޅަނގު އުތުރުގެ ޗެކްޕޮއިންޓެއް ކައިރިން ރަބީގެ ބޮލަށް ބަޑި ޖަހާފަ އެވެ.
އިޒްރޭލް ސިފައިން ބުނާގޮތުގައި އެމީހުން ބަޑި ޖަހާފައިވަނީ ގަވާއިދާއި ހިލާފަށް އިޒްރޭލަށް ވަންނަ އުޅުނު އުޅަނދެއް ހުއްޓުވަން މަސައްކަތް ކުރުމުން، ވަޅިން ހަމަލާ ދިން މީހަކަށެވެ. އިޒްރޭލުން މީގެ ކުރިންވެސް ވަނީ ފަލަސްތީނުގެ މީހެއްގެ ގަޔަށް ބަޑިން ހަމަލާދިނުމަށްފަހު މިފަދަ ތުހުއްމަތެއް ކޮށްފަ އެވެ.
މި ހަމަލާތަކުގައި 15 އަހަރުގެ ކުއްޖަކަށްވެސް ވަނީ އަނިޔާ ވެފައެވެ.



