- Advertisement -ad image

ޕާކިސްތާނުގެ މަޝްހޫރު ނޫސްވެރިއެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޙާން އަށް ތާއީދުކުރައްވާ ޕާކިސްތާނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އަރުޝަދު ޝަރީފު ކެންޔާގައި ހުއްޓައި ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

49އ. ގެ އަރުޝަދު މަރާލާފައި މިވަނީ އޭނާއަށް ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން ކުރާ ޖެއްސުމާ ހެދި ޝަކުވާ ކުރުމަށް ފަހމިދިޔަ އޮގަސްޓް މަހުގެ ތެރޭގަ ޕާކިސްތާނު ދޫކޮށް ދިޔަ ފަހުންނެވެ. ކެންޔާއަށް ދިއުމުގެ ކުރިން އަރުޝަދުވަނީ އިނގިރޭސިވިލާތާއި ދުބާއީއަށް ގޮސްފަ އެވެ. އިރުމަތީ އެފްރިކާގެ ގައުމުގައި އޭނާ ކުރަމުން ދިޔައީ ކޮން ކަމެއް ކަމެއް އަދި ނޭނގެ އެވެ.

ކެންޔާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން އަރުޝަދު ފަސިންޖަރެއްގެ ގޮތުގައި އިން ވެހިކަލަށް ބަޑިޖެހީ ފުލުހުންގެ އަމުރަށް އެ ވެހިކަލް ނުހުއްޓުވައި ދިޔުމުން ކަމަށެވެ. އަދި އެ ބަޑިޖެހުމުގައި އަރުޝަދަށް ވަނީ ބޮޑެތި ޒަހަމުތަކެއްވެފަ އެވެ.

އަރުޝަދުގެ މަރާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނޫސްވެރިޔާ އަރުޝަދު ޝަރީފްގެ ހިތާމަވެރި މަރުގެ ހަބަރު ލިބުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ. އަދި އޭނާއާ އަރުޝަދުގެ މަރާއި ގުޅުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

“ރަނގަޅު ޝަރުއީ ތަހުގީގެއް” ހިންގުމަށް ގޮވާލައްވަމުން ކުރީގެ ބޮޑުވަޒީރު އިމްރާން ވިދާޅުވީ އެއީ “މަރެއް”ގެ ގޮތުގައި ސިފަކުރާތީ ހައިރާންވެވަޑައިގަންނަވާ ކަމަށާއި ހަގީގަތް ބުނުމުގެ އެންމެ ފަހުގެ އަގެއް ދެއްކެވީ ވެސް އިމްރާން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ