- Advertisement -ad image

ދެ މަހުގެ ކުއްޖަކު ނިދާފައި އޮތްވާ ކިޑްނެޕްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ މުމްބާއީގައި ނިދާފައި އޮތް ދެ މަހުގެ ކުއްޖަކު ކިޑްނެޕް ކުރި 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މުމްބާއީ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ސީސީޓީވީ ފްޓޭޖްގެ އެއީގައި މި މީހާ ހޯދާފައިވަނީ 24 ގަޑއިރުގެ ތެރޭގައެވެ. އެންމެ 71 ދުވަހުގެ މި ކުޑަކުއްޖާ ކިޑްނެޕްކޮށްފައިވަނީ އާއިލާއާއެކު އާއްމު ފާހާނާ ބަރިއެއްގެ ބޭރުގައި ނިންދަވާފައި ބާއްވާފައި އޮތްވައެވެ.
މި ކުއްޖާ ކިޑްނެޕްކޮށްގެން މިފިރިހެންމީހާ މަސައްކަތްކުރީ ކުއްކާ ވިއްކާލުމަށެވެ.
ނަމަވެސް އޭގެ ކުރިން ފުލުހުން ވަނީ 46 އަހަރުގެ އެފިރިހެންމީހާ އާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފައެވެ.
ސީސީޓީވީ ބަލައިގެން ފުލުހުން ވަނީ އެމީހާ ދިޔަމަގު ބަލާފައެވެ. އަދި އެއަށްފަހު އާއްމުންގެ އެހީތެރިކަމާއެކު ފުލުހުން އެމީހާ އުޅޭ ގެ ހޯދައިގެން ދިޔައާި ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުންވަނީ ކުޑަ ކުއްޖާ މިހާރު އާއިލާ އާ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ