- Advertisement -ad image

ގުޖުރާތުގެ ކޭބަލް ބްރިޖް ވެއްޓުން: މަރުވި މީހުންގެ އަދަދު 141 އަށް

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ ގުޖުރާތުގައި އަލަށް ހެދި ކޭބަލް ބްރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 141 އަށް އަރައިފިއެވެ.
އެ ހާދިސާ ހިނގީ ގުޖަރާތުގެ މައި ސިޓީ، އަހްމަދުއާބާދާ 200 ކިލޯމީޓަރު ހުޅަނގުން މޮރްބީ އަވަށުގަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ މައްޗު ކޯރުގެ ތެރެއަށް ބްރިޖް ވެއްޓުނު އިރު، މީހުން ޖަމާވެފައި އޮތީ ދީނީ ފެސްޓިވަަލެއްގެ ތެރެއިން އަޅުކަންތަކެއް ކުރުމަށް ކަމަށެވެ.
ގުޖުރާތުގެ މިނިސްޓަރު ހަރުޝް ޝަންގަވީ އާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވަނީ ބްރިޖު ވެއްޓުނު މި ހާދިސާ ވަރަށް ސީރިއަސްކަމެއްގެ ގޮތުން ތަހުގީގު ކުރާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާނެ ކަމަށެވެ.
ބްރިޖު ވެއްޓުނު ސަރަހައްދުގައި އަދި ރެސްކިއު ޓީމުތައް މީހުން ހޯދުމަށް ހަރަކާތްތެރިވަމުންދާއިރު ފަރުވާ ދިނުމަށް ފަހު އެއްބަޔަކު ވަނީ ހޮސްޕިޓަލް ތަކުން ދޫކޮށްލާފައި ނަމަވެސް މިހާރުވެސް އަނިޔާވެފައިވާ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ.
މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ހިނގާދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބްރިޖަކީ އެއްވަގުތެއްގައި 100 މީހުން އެރުމަށް ހުއްދަ އޮތް ބްރިޖެއް ނަމަވެސް ބްރިޖު ވެއްޓުމުގެ ހާދިސާ ހިނގިއިރު 200 އަށް ވުރެ ގިނަ މީހުން ބްރިޖަށް އަރާ ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބްރިޖް މަރާމާތުކޮށް ހުޅުވާފައިވަނީ ކަމާބެހޭ އެއްވެސް އިދާރާއެއްގެ ހުއްދަ ނެތި އެމީހުންގެ ދީނީ އަޅުކަމެއް ކުރުމުގެ ބޭނުމުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ