- Advertisement -ad image

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ގަޔަށް ބަޑިޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޙާންގެ ފަޔަށް ބަޑިޖަހައި މަރާލަން މަސައްކަތް ކޮށްފި އެވެ.
އިމްރާން ޙާންގެ ސަޕޯޓަރުންނާއި ހަވާލާދީ ޑެއިލީ މެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ވާޒިޔާއާބާދުގައި އޮތް ރެލީއެއްގައި ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ. މި ހަމަލާގައި ވަޒަން އަރާފައިވަނީ އިމްރާން ޙާންގެ ފަޔަށެވެ.

ހަމަލާދޭން ފެށުމާއެކު ވަގުތުން ސެކިއުރިޓީންގެ އެހީތެރިކަމާއެކު ރެލީ ދޫކުރައްވާ އިމްރާން ޙާން ވަޑައިގެންނެވި ކަމަށްވެސް ސަޕޯޓަރުން ބުނެއެވެ.

ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ބޮޑު ވަޒީރު އަށް ހަމަލާދީފައި މިވަނީ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމަށް ބާއްވާ 6 ދުވަހުގެ ރެލީއެއްގައި ލާހޯރް އިން އިސްލާމް އާބާދަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ