- Advertisement -ad image

ކްރޫޒް ޝިޕަކުން 800އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކާނިވަލް އޮސްޓްރޭލިއާސް މެޖެސްޓިކް ކްރޫޒް ޝިޕްއިން ދަތުރުކުރި 800 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީއަށް ބަނދަރު ކުރި މި ކްރޫޒް ޝިޕްގައި 4600 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ޝިޕް ބަނދަރުކުރި ސްޓޭޓްއަކީ އެ ގައުމުގައި އެންމެ މީހުން ގިނަ އެއް ހިސާބެެވެ.

މިހާރު އެ ސްޓޭޓްގެ ސިއްހީ އިދާރާތަކުން ވަނީ މިއީ ލެވެލް 3ގެ ހާލާތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ ބަލި ފެތުރިދާނެ ކަަމަށް ބަލާ ކަނޑައެޅި ހާލަތެކެވެ.

ކްރޫޒް އޮޕަރޭޓަރ ކާނިވާ އޮސްޓްރޭލިއާގެ ރައީސް މާގުރައިޓް ފިޓްޒްޖެރަލްޑް ވިދާޅުވީ ގިނަ އަދަދެއްގެ ކޭސްތައް ފެންނަން ފެށީ 12 ދުވަހުގެ ދަތުރެއްގެ މެދުތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހުރިހާ ކޭސްތަކަކީ ވެސް އަލާމާތްތައް ނުފެންނަ ނޫނީ ކުޑަކޮށް އަލާމާތްތައް ފެންނަ މީހުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ