- Advertisement -ad image

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރައިފި

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔޭގެ އާބާދީ 8 ބިލިއަނަށް މިއަދު އަރާފައިވާ ކަމަށް ޔޫއެންގެ ރިޕޯޓުން ދައްކައިފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެންމެ ފަހުގެ އަންދާޒާ އަށް ބަލާއިރު 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އާބާދީ 8.5 ބިލިއަނަށް އަރާނެއެވެ.
އަދި 2050 ވަނަ އަހަރު 9.7 ބިލިއަން މީހުން ދުނިޔޭގައި އުޅޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މިދުވަހާއި ގުޅިގެން ނެރުނު ރިޕޯޓްގައި ވަނީ ދުނިޔޭގެ އާބާދީ އިތުރުވާ މިންވަރު މިހާރު އެއް ޕަރސެންޓް ދަށްވެފައިވާ ކަން ފާހަގަކޮށްފައެވެ.

ޔޫއެންގެ ރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި މިހާރު އޮތް ޗައިނާ ފަހަތަަށް ޖައްސާލާ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އިންޑިއާ ދާދި އަވަހަށް ވެގެންދާނެއެވެ.

ޗައިނާގެ މިހާރުގެ އާބާދީ އަކީ 1.4 ބިލިއަންއެވެ. އިންޑިއާގެ މިހާރުގެ އާބާދީ އަކީ 1.3 ބިލިއަންއެވެ.

އާބާދީ 8 ބިލިއަނަށް އަރާފައިމިވަނީ އާބާދީ 7 ބިލިއަނަށް އެރިތާ 11 އަހަރު ފަހުންނެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ހޭބަލިވެގެން ނުބެލޭވަރަށް ވިހާ ނަގަނީ ވިއްޔަ. 4 އަނބިން ހަމަކޮށް އެފަކީރުން އަޖަރރު ދެކޮޅު ވިހަވިހާ އެ ތިބެނީ. މީހަކު ގިނަވެގެން 2 ދަރި ހޯދަން ސަރުކާރުތަކުން ބާރު އަޅަން ވެއްޖެ. މެޓާނިޓީ ލީވް 6 މަސް ރަނގަޅު. އެކަމަކު އެ ވެެސް އައި ފަހުން އޮފީހުގަ މިވީ 12 އަހަރުކުރިން އިތުރަށް ނުވިހަން ނިންމައިގެން ތިބި މީހުން މިހާރު އަހަރު ދެކޮޅު ވިހަނީ. އަހަރެމެން އެހެން މީހުނަށް އޭގެ އުނދަަގޫ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ