- Advertisement -ad image

އަގުހެޔޮ ކައިވެނި ހެދުމެއް ދިނުމުން އައި ރުޅީގައި ކައިވެނި ކެންސަލް ކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ އުއްތަރްހަންދްގެ އަވަށެއްކަމަށްވާ ހަލްދްވާނީއަށް ނިސްބަތްވާ އަންހެންކުއްޖެއްގެ ކައިވެނީގެ ހަފްލާގައި ލުމަށް ފިރިހެން ކުއްޖާގެ އާއިލާއިން އަގުހެޔޮ ހެދުމެއް (ލެހެންގާ) ދިނުމުން ރުޅިގަދަވެގެން ކައިވެނި ކެންސަލް ކޮށްލައިފި އެވެ.

ޖޫންމަހު އެންގޭޖް ވުމަށްފަހު ކައިވެންޏަށް ތައްޔާރުވަމުންދިޔަ މި އަންހެންކުއްޖާއަށް އޭނާގެ ވާންއުޅޭ ފިރިމީހާގެ އާއިލާއިން ދިން ހެދުމުގެ އަގަކީ ދިހަހާސް ރުޕީސް އެވެ. މިކަން އެނގުމުން އަންހެންކުއްޖާ ވަގުތުން ވަނީ މި ހެދުންވެސް އެއްލާލާފަ އެވެ.

އަންހެން ކުއްޖާ ރުޅިގަދަވެ ކައިވެނި ކެންސަލްކޮށްފައި ވަނީ އެމީހުންގެ ކައިވެނި ހަފްލާއަށް ދައުވަތު ކާޑުވެސް ބަހާފައި ވަނިކޮށެވެ. އެހެންކަމުން އަންހެންކުއްޖާ ރުއްސުމަށް އޭނާގެ ވާންއުޅޭ ބަފާބެ ވަނީ އަމިއްލަ އޭޓީއެމް ކާޑް ދިނުމަށްފަހު އަންހެން ކުއްޖާ ބޭނުންވާ ވައްތަރެއްގެ ހެދުމެއް ގަތުމަށް އެދިފަ އެވެ.

އެހެންނަމަވެސް މި ވަރުންވެސް މައްސަލަ ހައްލުނުވެ ފުލުހުންނާއި ހަމަޔަށް މައްސަލަ ގެންގޮސްފަ އެވެ. އެވަރުންވެސް މި މައްސަލަ ހައްލުވެފައެއް ނުވެއެވެ.

އިންޑިޔާގެ ކައިވެނިތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ވާހަކަތަކަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެވެ. މިގޮތަށް ދިމާވާ މައްސަލަތަކުގައި ކައިވެނީގެ ފަހުންވެސް ހައްލުނުވެ ވަރިވެފައި އެބަތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ