- Advertisement -ad image

ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ރޯވެ 21 މީހަކު މަރުވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

ގާޒާގެ އާއްމުން ދިރިއުޅެމުންދިޔަ ގެއެއްގައި ރޯވެ 21 މީހަކު މަރުވެއްޖެ އެވެ.

މަރުވި 21 މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ. ހަމާސްގެ ބާރުގެ ދަށުގައި އޮންނަ މި ސަރަހއްދުގައި ހުރި މި ގޭގައި ރޯވެފައި މިވަނީ ގޭސް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެގެންނެވެ.

ގުދަނުގައި ރޯވުމުގެ ސަބަބުން ގޮވިގޮވުންތަކުގެ އަސަރު ޖަބަލިޔާ ކޭމްޕްގައި ތިން ބުރިއަށް ނަގާފައިވާ މި ގެއަށްވެސް ކުރީކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ. އަދި މި ހަދިސާގައި ގޭގެ އެތެރޭގައި ތިބި އެކަކުވެސް ސަލާމަތްވެފައެއް ނުވެއެވެ.

ފަލސްތީނު ހިސާބުތަކުގައި ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން ގޭގޭގައި ގޭސް ރައްކާކުރުމަަކީ ވަރަށް އާއްމުކަމެކެވެ. އިއްޔެ ގޮވާފައި މިވަނީވެސް ގޭގައި މިގޮތަށް ރައްކާކޮށްފައިވާ ގޭސް ގުދަނެއްގައި ކަމަށް ހަމާސްއިން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ މި ހާދިސާގައި މަރުވި އާއިލާތަކަަށް ތައުޒިޔާ ދަންނަވާފަ އެވެ.

މިއީ އިޒްރޭލްގެ ހަމަލާތަކުގެ އިތުރަށް ފަލަސްތީނުން އެއްފަހަރާ ގިނަ ބަޔަކު މަރުވި އެންމެ ބޮޑު އެއް ހާދިސާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ