- Advertisement -ad image

ހުއްޓާނުލާ ހަޅޭލަވާތީ ބަނޑުބޮޑު ކުއްތާއަކަަށް އަނިޔާކޮށް މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މެދުކެނޑުމެއްނެތި ހުއްޓާނުލާ މާ ބާރަށް ހަޅޭއްލަވާތީ ކަމަށް ބުނެ ބަނޑު ބޮޑު ކުއްތާއެއް މަރާލައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ދިއްލީގައި ހުންނަ ޑޮން ބޮސްކޯ ޓެކްނިކަލް އިންޓިޓިއުޓްގައި ކިޔަވާ ހަތަރު ދަރިވަރުން ވަނީ ހައްޔަރުކޮށްފައެވެ.

މި ހަތަރު ކުދިން ވަނީ ބަނޑު ބޮޑު އެ ކުއްތާ މަރުވަންދެން އަނިޔާކޮށްފައެވެ. އަދި ބުނެފައިވަނީ އެ ކުއްތާ އެމީހުންނާ ދިމާއަށް ބަލަން އޮވެ މާބާރަށް ހުއްޓާނުލާ ހަޅޭއްލެވީ ކަމަށެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ޖަނަވާރަކަށް އަނިޔާކޮށް މަރާލުމުގެ ކުށުގައެވެ.

މިފަދަ ގިނަ މައްސަލަތައް އިންޑިއާގައި ކޮންމެ ދުވަހަކުވެސް ފެންމަތިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ