- Advertisement -ad image

ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި މާބަނޑު މީހުންގެ ވޯޑެއްގައި އޮތް ތުއްތު ކުއްޖަކު މަރުވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި ޔުކްރޭންގެ ޒެޕޮރީޝިއާ ރީޖަންގެ ހޮސްޕިޓަލެއްގެ މާބަނޑު މީހުންގެ ވޯޑުގައި އޮތް ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

ރޭ ރަޝިޔާއިން ދިން މި ހަމަލާ އަމާޒުވެފައި ވަނީ މި ރީޖަންގެ ވިލްނިއާންސްކް ސިޓީގައި ހުރި ލޯކަލް ހޮސްޕިޓަލަކަށެވެ.ހަމަލާގައި އެ ހޮސްޕިޓަލްގެ މެޓާރނިޓީ ވޯޑް އެއްކޮށް ސުންނާފަތިވެފައި ވާކަމަށް އޮފިޝަލުން ބުނެއެވެ. ހަމަލާ ދިން ވަގުތު އެ ވޯޑުގައި ވިހައިގެން އޮތް އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅުގެ އިތުރުން ޑޮކްޓަރަކުވެސް ހުއްޓެވެ.

ހަމަލާގައި ތުއްތު ކުއްޖާވަނީ މަރުވެފަ އެވެ. އަދި ރެސްކިއު ޓީމުންވަނީ ކުއްޖާގެ މަންމަ އާއި ޑޮކްޓަރު ސަލާމަތްކޮށްފަ އެވެ.

މި ހަމަލާއަށް ނިސްބަތްކޮށް ޔުކްރޭންގެ ރައީސް ވޮލޮޑްމިޔާ ޒެލެންސްކީ ވަނީ ރަޝިޔާއިން ބިރުވެރިކަމާއި ޤަތުލާއާއްމު ހިންގާކަމަށް ތުހުމަތު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ