- Advertisement -ad image

މަސްޖިދުއް ނަބަވީގެ ހަރަމްތެރޭގައި އަންހެނަކު ވިހައިފި

ad image

ގުޅުންހުރި ލިޔުންތައް

މާބަނޑު އަންހެނަކު ކުއްލިއަކަށް ބަނޑުގައި ރިއްސައިގަނެ އަލް މަސްޖިދުއް ނަބަވީގެ ގޯތިތެރޭގައި ވިހައިފިއެވެ.
ޑައިރެކްޓަރ ޖެނެރަލް އޮފް ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީ އަހްމަދު އަލް ޒަހުރާނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކުއްލިއަކަށް ބަނޑުގައި ރިއްސާގަނެގެން މަދީނާގައި ހުން އަލް މަސްޖިދުއް ނަބަވީގެ ގޯތިތެރެއަށް އަންހެނަކު ވިހާފައިވާ ކަމަށެވެ.
އަދި މި ކަން އެނގުމުން ސަކްރާގެ ވޮލެންޓިއަރުންގެ ޓީމުވަނީ ވަރަށް އަވަހަށް އެސަރަހައްދަށް ގޮސްފައި ކަމަށާއި އެމެޖެންސީ ދިމާވި މާބަނޑު އަންހެން މީހާއަށް އެހީތެރިވެފައި ކަމަށަ އޭނާ ބުންޏެވެ.
ރެޑްކްރެސެންޓްގެ ޓީމުން ގޮސް ބެލިއިރު ފެނުނީ އެ މާބަނޑުމީހާ ވިހަންވެގެން ރިހުން އަންނަން ފަށާފައިވާ ތަން ކަމަށާއި އޭރު ވިހެއުމުގެ ފަހު މަރުހަލާވެސް ފެށިފައިވާ ކަމަށް ޒަހުރާނީ ބުނެފައިވެއެވެ.
ރެޑްކްރެސެންޓްގެ ޓީމުން މަސައްކަތް ކުރީ މައިމީހާ އާއި ދަރިފުޅު ރައްކާތެރިކަމާއެކު ބާބް ޖަބްރީލް ހެލްތް ސެންޓަރަށް ބަދަލު ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ޒަހުރާނީ ބުނީ މަސްޖިދުއް ނަބަވީގައި ތިބޭ ރެޑްކްރެސެންޓްގެ ޓީމަކީ ކޮންމެފަދަ މެޑިކަލް ހާލަތަކަށްވެސް ތައްޔާރުވެގެން ތިބޭ ކޮންމެ ފަދަ ހާލަތެއްގައިވެސް ފަރުވާދެވޭނެ ޓީމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ