- Advertisement -ad image

ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރަ މަދުކުރުމަށް އެކަމަށް، ކުދިން ހޭލުންތެރިކުރުވަންޖެހޭ: ޑަބްލިޔުއެޗްއޯ

ad image

ގުޅުންހުރި ލިޔުންތައް

އޮންލައިން ޕްލެޓްފޯމްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރަ މަދުކުރުމަށް އެކަމަށް ކުދިން ހޭލުންތެރިކޮށް ތައުލީމު ފޯރުކޮށްދޭންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

އޮންލައިންކޮށް އުޅޭ ވަގުތުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތައް ހޯދުމަށް ސިއްހަތު ޖަމިއްޔާއިން ދާދިފަހުން ވަނީ ދިރާސާއެއްކޮށްފަ އެވެ. “ވަޓް ވޯކްސް ޓު ޕްރިވެންޓް އޮންލައިން ވައިލަންސް އެގެއިންސްޓް ޗިލްޑްރަން”ގެ ނަމުގައި ހިންގި މި ދިރާސާގައި ވަނީ ކުދިންނަށް ރައްކާތެރިކަން ހޯދުމަށް ޤާއިމްކުރެވިދާނެ ލަނޑުދަނޑިތައް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

މި ރިޕޯޓުގައި ވަނީ ދެ ބާވަތެއްގެ އޮންލައިންކޮށް ކުރާ ފުރައްސާރައަށް ފޯކަސްކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީގޮތުން ކުރާ ފުރައްސާރަ؛ މީގެތެރޭގައި ހިމެނެނީ ގްރޫމިންކުރުމާއި އެކި އޮންލައިން ވަސީލަތްތަކާއި ފޮޓޯ އާއި ވީޑިޔޯގެ ޒަރިއްޔާއިން ޖިންސީ ފުރައްސާ ކުރުމެވެ.

ސައިބަރ އެގްރެޝަން؛ މީގެތެރޭގައި ހިމެނެނީ ސައިބަރބުލީ ކުރުމާއި، ސައިބަރ ސްޓޯކް ކުރުމާއި ހެކް ކުރުމާއި އެހެންމީހުންގެ އައިޑެންޓިޓީން ވައްކަން ކުރުމެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާގޮތުގައި އަލަށް ކުރި މި ދިރާސާގެ އެހީގައި މިފަދަ ހާލަތްތަކުގައި އަމަލު ކުރަންވީ ސާފުގޮތް ސަރުކާރުތަކަށާއި އެހީދޭ ޖަމިއްޔާތަކަށްވެސް ހޯދޭނެ އެވެ. ހަމައެހެންމެ އޮންލައިން އަދި އޮފްލައިންކޮށް ކުރާ މިފަދަ ފުރައްސާރަތަކަށް އެންމެ އެކުގައި މަސައްކަތް ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ