- Advertisement -ad image

ރަޝިޔާގެ އެއާބޭސްއަކަށް ޑްރޯން ހަމަލާތަކެއް ދީފި

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ކާރސްކް އެއާ ބޭސްއަކަށް ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ވައިގެ ހަމަލާތަކެއްގައި ތެޔޮ ރައްކާކުރާ ޓޭންކްތަކެއްގައި ރޯވެއްޖެ އެވެ.

މި ހަމަލާ އާއި ގުޅިގެން ކާރސްކް ރީޖަންގެ ގަވަރނަރ ރޯމަން ސްޓެރޮވޮއިޓް ވަނީ މިއީ ޔުކްރޭންގެ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ހަމަލާދީފައިވަނީ ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ ދެ އަސްކަރީ ވައިގެ ސަރަހައްދަކަށް ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ހަމަލާދީފައިވަނީ ސައުތު ސެންޓަރލް ރަޝިޔާގައި ހުންނަ އެ ޤައުމުގެ ދެ އެއާ ބޭސްއެއްކަމަށްވާ ރިޔާޒަން އާއި ސަރާޓޯވް އަށެވެ. އަދި މި ހަމަލާގައި ތިން ހިދުމަތްތެރިން މަރުވެފައިވާއިރު ހަތަރު މީހެއް ވަނީ ޒަހަމް ވެފައެވެ. ހަމައެހެންމެ ދެ އެއާކްރާފްޓަކަށް ވެސް ގެއްލުން ވެފައިވާކަމަށް ވަނީ ބުނެފަ އެވެ.

ޔުކްރޭންއިން މިހާތަނަށް މިހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް މިއީ ޔުކްރޭންގެ ހަމަލާއަކަށް ވެއްޖެނަމަ މި ހަމަލާ ވެގެންދާނީ ރަޝިޔާއިން ޔުކްރޭނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކުރި ފަހުން އެ ޤައުމުން ދިން އެންމެ ވަރުގަދަ ހަމަލާއަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ