- Advertisement -ad image

ކޮއްކޮ ގޮވައިގެން ކްލާހަަށް ދަނިކޮށް މޫނަށް ޖެހީ އެސިޑް!

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ ދިއްލީގައި އަންހެން ކުއްޖެއްގެ މޫނަށް އެސިޑް ޖަހައިފިއެވެ.
ހަބަރުތައް ބުނާގޮތުން ހެނދުނު ހަތްގަޑި ބައި އެހާކަންހާއިރު ސައިކަލުގައި ދިޔަ ދެ ފިރިހެނުން 17އަހަރުގެ އެ އަންހެން ކުއްޖާގެ މޫނަށް އެސިޑްޖެހުމަށް ފަހު ގޮސް ފިލީއެވެ.
އެ އަންހެން ކުއްޖާ ކައިރީ އެވަގުތު އޭނާގެ ކޮއްކޮވެސް ހުރިކަމަށް ހަބަރުތައް ބުނެއެވެ. އެސިޑް ޖެހުމުން ލިބުނު ގެއްލުންތަކަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމްދާއިރު އެ ކުއްޖާގެ ލޮލުގެ ފެނުންވެސް ގެއްލިފައިވާ ކަމަށް ހަބަރު ލިބެއެވެ.

މިއަންހެން ކުއްޖާ ދިޔައީ ނެޝަނަލް ލޯ ޔުނިވަރސިޓީން އެޑްމިޝަން ހޯދުމަށް ޓެސްޓްގައި ބައިވެރިވުމަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ. ހަތްގަޑި ތިރީހުގައި މިހާދިސާ ހިނގި ނަމަވެސް ފުލުހުންނަަށް މައްސަލަ ހުށަހަޅާފައިވަނީ ނުވައެއްޖެހިފަހުންނެވެ.
މި ހާދިސާ ހިނގުމުން އަންހެން ކުއްޖާގެ ކޮއްކޮ ވަނީ ދުވެފައި ގޮސް މިހާދިސާގެ ވާހަކަ ގޭ މީހުން ކައިރީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން ދިއްލީ ފުލުހުން ވަނީ 3 ފިރިހެނުން މިހާރު ހައްޔަރުކޮށްފައެވެ. މި ތިން މީހުންނަކީ 19 އަހަރާއި 22 އަހަރާއި ދެމެދު މީހުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ލައިސަންސް ނެތި އެސިޑް ވިއްކުމަކީ އިންޑިއާގައި މަނާ ކަމެއް ނަމަވެސް މިފަދަ ހާދިސާތައް މަދުން ނަމަވެސް އަންނަނީ ހިނގަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އެ ކަކީ އަންހެން ކުއްޖާގެ ކުރީ އެކުވެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ