- Advertisement -ad image

ތައި ނޭވީ ބޯޓެއް ފެތި އެތައް ބަޔަކު ގެއްލިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ތައލެންޑްގެ ސަލާމަތީ ބާރުތަކުން ބޭނުންކުރާ ނޭވީ ބޯޓެއް ފެތުމުގެ ސަބަބުން 106 މީހުން ކަނޑު ވެއްޖެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ތައިލެންޑްގެ ކަނޑުގެ ސަރަހައްދުން ބޯޓު ދަތުރުކުރަމުން ދަނިކޮށް އައި ބާރުގަދަ ކޮޅިގަނޑެއްގައި ޖެހިގެންނެވެ. އަދި ހާދިސާގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު 30އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މައުލޫމާތ ދެއެވެ.

މިހާތަނަށް ތައިލޭންޑްގެ ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން މިހާތަނަށް ވަނީ 75 މީހުން ސަލާމަތްކޮށްފަ އެވެ. އޭގެތެރެއިން 30 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި 30 މީހުންގެ ކަނޑުން ނުނެގޭކަމަށްވެސް ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ.

މި ބޯޓު ފެތިފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެވެ.

މި ހާދިސާގައި ބޯޓު ފެތުނުއިރު އެންމެންވެސް ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ. އެހެންކަމުން މިހާތަނަށް ނުފެންނަ މީހުން އަދިވެސް ފެނުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އެ ފަރާތުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ