- Advertisement -ad image

100 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމު ރެފިއުޖީންތަކެއް ކަނޑުމަތީގައި ހައިހޫނުކަންމަތީ އެތައް ހަފްތާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ރޮހިންޔާއަށް ނިސްބަތްވާ ރެފިއުޖީންތަކެއް ކަނޑުމަތީގައި ހާލުގައި ޖެހި އެހީއަށް އެދެފި އެވެ.

އަލްޖަޒީރާއިން ބުނެފައިވާގޮތުގައި ހާލުގައި ޖެހިފައިވާ މި ބޯޓުގައި ރޮހިންޔާގެ 100އަށްވުރެ ގިނަ ރެފިއުޖީން އެބަ ތިއްބެވެ. މި މީހުން ކަނޑުމަތީގައި ތިބޭތާ އެތައް ހަފްތާއެއް ވެފައިވާއިރު ކާއެއްޗެއްސާއި ފެންވަނީ އެއްކޮށް ހުސްވެފަ އެވެ.

މި ބޯޓުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ތިބިކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި މީހުން ހޯދުމަށް ދެކުނު އޭޝިޔާގެ ސިޔާސީ ގްރޫޕަކުން ވަނީ ސަރުކާރުގައި ވެސް އެދިފަ އެވެ. އަދި މި ރެސްކިއު އޮޕަރޭޝަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހަބަރުތަކުން ބުނެއެވެ. މި ބޯޓު އޮޔާ ގޮސްފައިވަނީ އިންޑިޔާ، އިންޑޮނޭޝިޔާ ތައިލޭންޑް އަދި މެލޭޝިޔާ ސަރަހައްދުންނެވެ.

މި ބޯޓުގެ ހަބަރެއް އެންމެ ފަހުން ލިބިފައިވަނީ ބަންގްލަދޭޝްގައި އުޅޭ ރޮހިންޔާ ރެފިއުޖީއެއް ކަމަށްވާ މުހައްމަދު ހާން ރެޒުވާނަށެވެ. ބޯޓުގެ ކެޕްޓަން ކުރި މި ކޯލުގައި “ ތިމަންނަމެން މަރުވަނީ، ސަލާމަތް ކޮށްދީ” މިފަދައިން ބުނިކަމަށް ރެޒްވާންވަނީ ބުނެފަ އެވެ.

ހާލުގައި ޖެހުނު މި ބޯޓުގައި ރިޒްވާންގެ އަންހެން ކޮއްކޮ އާއި އޭނާގެ 5 އަހަރުގެ ދަރިފުޅު ވެސް ހުރިކަމަށް ރިޒްވާން ވަނީ ބުނެފަ އެވެ.

ދަ ޕްރިންޓް ނޫހަށް ރިޒްވާން މައުލޫމާތު ދިން ގޮތުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އެ ބޯޓުން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.

ރިޒްވާން ދަނީ މި ބޯޓު ހޯދުމަށް މަސައްކަތް ކޮށްދިނުމަށް ޓްވިޓާގައިވެސް އަޑުއުފުއްލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ