- Advertisement -ad image

ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ އެންމެން ކޮވިޑް ޓެސްޓް ހެދުން ލާޒިމްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19 ކޭސްތައް އިތުރުވުމާއި ގުޅިގެން ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ އެންމެން ކޮވިޑް ޓެސްޓް ހެދުމަށް އެމެރިކާ ސަރުކާރުން ލާޒިމްކޮށްފި އެވެ.

އޮފިޝަލުން ބުނިގޮތުގައި ޖެނުއަރީ 5އިން ޗައިނާ، ހޮންކޮންގ އަދި މަކާއޯއިން އެމެރިކައަށް ދަތުރުކުރާ މީހުންގެ ތެރެއިން ދެ އަހަރުން މަތީގެ އެންމެންވެސް ދެން އެމެރިކާއަށް ވަދެވޭނީ ކޮވިޑް ނެގަޓިވް ނަތީޖާއެއް އޮވެގެންނެވެ. އަދި މި ޓެސްޓްތައް ހަދަން ޖެހޭނީ އެންމެ ލަސްވެގެން ފުރުމުގެ ދެ ދުވަސް ކުރިންނެވެ.

ހަމައެހެންމެ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އޭގެ ދިހަ ދުވަސް ފަހުން ނެގެޓިވް ނަތީޖާއަކާއެކު ބަލިން ރަނގަޅުވިކަމުގެ ލިޔުން ހުށަހެޅުމުން ދަތުރުކުރެވޭނެކަމަށް އޮފިޝަލުން ބުނެއެވެ.

ކޮވިޑްގެ އަދަދުތައް ޗައިނާއިން ދަށްވުމަށްފަހު އަނެއްކާވެސް ވަނީ މި ބަލީގެ އިތުރު ރާޅެއް އެ ގައުމަށް އަރާފަ އެވެ. ކޭސްތައް އިތުރުވުމާއި ގުޅިގެން ޗައިނާ ސަރުކާރުން ގެންގުޅޭ ޒީރޯ ކޮވިޑް ޕޮލިސީގެ ދަށުން ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ