ކޮވިޑް-19 ގެ ވެކްސިން ރައްކާ ކުރަން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހުޅުމާލޭގައި “ކޯލްޑް ޗެއިން ފެސިލިޓީ”އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އޭޑީބީގެ ފަރާތުން ސަރުކާރަށް ލިބިފައިވާ 10.7 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ) ގެ ފަންޑަކުން އަޅާ އެ ފެސިލިޓީގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހެލްތް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
ހުޅުމާލޭގައި ތިމާވެއްޓާއި ރަހުމަތްތެރިތަނެއްގެ ގޮތަށް މި ފެސިލިޓީ ހަދަނީ ހަ ބުރިއަށެވެ. މި ފެސިލިޓީ ތަރައްގީ ކުރާ ސަރަހައްދުގެ ބޮޑު މިނުގައި 4،000 އަކަފުޓު ހުންނާނެ އެވެ. އެތަނަކީ 800 މިލިއަން ރުފިޔާ ހަރަދު ކުރާ ތަނެކެވެ.
ކޮވިޑް-19 އިގެ ބަލިން ރައްކާތެރިވުމަށްޓަކައި ސަރުކާރުގެ ބަޖެޓުން ބޮޑު ހަރަދުތަކެއް ކޮށްގެން ވެސް ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމްކޮށްފަ އެވެ.



