- Advertisement -ad image

ހިމަބިހި ޖެހިގެން ތިން އަހަރުގެ ކުއްޖަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ މުމްބާއީގައި ހިމަބިހި ޖެހުނު ތިން އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
ހަބަރުތައް ބުނާގޮތުން މި ކުއްޖާއަކީ މީސަލްސް ވެކްސިން ނުޖަހާ ހުރި ކުއްޖެކެވެ. އޮކްޓޯބަރު 2022 ގެ ފަހުން މުމްބާއީ ސިޓީން މިފަދަ ބަލިތަކުގައި 16 މީހުން މަރުވެފައިވާއިރު މީގެތެރެއިން 8 މީހުން މަރުވީ ހިމަބިހި ޖެހިގެން ކަމަށް ބެލެވެއެވެ.
މި ކުއްޖާ ބީއެމްސީން ހިންގާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ 26 ޑިސެމްބަރު 2022 ވަނަ ދުވަހުއެވެ. އެޑްމިޓްކުރީ ނޭވާލާން އުދަނގޫވާތީ ނަމަވެސް ހުންގަދަވެ ގައިގަ ހުރި ބިހިތައް އިތުރަށް ފެތުރިފައިވަނީ ތިން ދުވަސް ފަހުންނެވެ.
މުމްބާއީ ސިޓީން ވަނީ 2022 ވަނަ އަހަރު އެކަނިވެސް 549 މީސަލްސް ކޭސް ރިޕޯޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ