- Advertisement -ad image

ބަސް އެކްސިޑެންޓެއްގައި 40 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ސެނެގަލްގެ މެދުތެރޭގައި ހިނގި ބަސް އެކްސިޑެންޓެއްގައި މަރުވި މީހުންގެ އަދަދު 40އަށް އަރައިފި އެވެ.

އެކަސިޑެންޓް ވެފައިވަނީ ސެނަގަލްގެ މެދުތެރޭގައި އޮންނަ ކަފްރައިންގައި ދަތުރު ކުރަމުންދިޔަ ދެ ބަހެކެވެ. އެކްސިޑެންޓްވި ވަގުތު މި ދެ ބަހުގައި ގިނަ އަދަދަކަށް މީހުން ތިއްބެވެ. އަދި 87 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ އެ އަވަށުގެ އެއް ނަމްބަރުގެ ނެޝަނަލް ރޯޑްގަ އެވެ. މި ހާދިސާ އާއި ގުޅިގެން ސެނަގަލްގެ ރައީސް މަކީ ސާލްވަނީ ތިން ދުވަސް ޤައުމީ ހިތާމަފާޅުކުރުމަށް ބަންދުކޮށްފަ އެވެ.

2020 ވަނަ އަހަރުވެސް ސެނެގަލްގައި ހިނގި މިފަދަ ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ 16 މީހުން މަރުވެފަ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބަހަކާއި ލޮރީއެއް ޖެހިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ