- Advertisement -ad image

ލޯބިވެރިޔާ އާއި ކައިވެނި ކުރަން ބަންގލަދޭޝް އިން އިންޑިއާއަށް ފަތާފައި ދިޔަ އަންހެނެއްގެ ވާހަކަ!

ad image

ގުޅުންހުރި ލިޔުންތައް


ފޭސްބުކުން ދިމާވި ލޯބިވެރިޔާ އާއި ކައިވެނި ކުރަން އަންހެނަކު ބަންގލަދޭޝް އިން ފަތާަފައި އިންޑިއާ އަށް ގޮސްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަންހެން މީހާ ފޭސް ބުކް މެދުވެރިކޮށް ބައްދަލުވި ލޯބިވެރިޔާއާ ކައިވެނި ކުރަން ސަންޑަބަންސް ހުރަސްކޮށް ގަޑިއެއްހާއިރު ވަންދެން ފަތާފައިވެއެވެ.

މިއީ އުމުރުން 22 އަހަރުގެ ކްރިޝްނާ މަންޑަލް ކިޔާ ބަންގްލަދޭޝްގެ އަންހެނެކެވެ. މީނާ ފަތާފައި އިންޑިއާ އަށް ދާން ޖެހުނީ ޕާސްޕޯޓް ނެތުމުންނެވެ.

ކްރިޝްނާ އާއި އަބިކް އެންމެ ފުރަތަމަ ބައްދަލުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކަމަށާއި އެތަނުން ރަހުމަތްތެރިކަން އުފެދި ދެމީހުން އެކަކު އަނެކަކުގެ ވާހަކަތައް ހިއްސާކުރުމުގެ ތެރޭގައި ދެމީހުންނަށް ލޯބިވެވުނީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަންޑަރބަންސްގެ ނުރައްކާތެރި ޖަންގަލީގެ ތެރެއިން ހިތްވަރުކޮށް، ގަޑިއެއްހާއިރު ފަތާފައި، އިންޑިއާއަށް ކްރިޝްނާ ދިޔައީ ދިރިއުޅުމުގެ ލޯތްބާއި އެއްބައިވަންތަވުމަށެވެ.

މި ދިގު ދަތުރު ނިންމާލި އިރު ކޯރުގެ އަނެއް ފަޅީގައި އޭނަގެ އިންތިޒާރުގައި ހުރީ ލޯބިވެރިޔާ މަންޑާލެވެ.

މަންޑާލާއެކު ކާރެއްގައި އޭނަގެ ޝަހަރަށްގޮސް ދެމީހުން ކައިވެނި ކުރިތާ މާގިނަ އިރެއް ނުވަނީސް ކްރިޝްނާގެ ވާހަކަ މީސްމީޑިއާގައި ފެތުރި، އިންޑިއާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސް އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ޕާސްޕޯޓެއް ނެތި އަދި ގަވައިދާއި ހިލާފަށް ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެތެރެވިކަމުގެ ކުށުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ