- Advertisement -ad image

ސައުދީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބައްޕައަކާއި 6 ދަރިން މަރުވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

ސައުދީ އަރަބިއާގެ އަލް-ޖޫފް ރީޖަންގެ އަލް-ގުރައްގާތު ގަވަރުނޭޓްގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް އާއިލާއެެއްގެ ހަތް މެމްބަރުން މަރުވެއްޖެ އެވެ.

ސައޫދީ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ބައްޕަ އަކާއި އޭނާގެ ހަ ދަރިންނެވެ. އޭގެތެރޭގައި މަރުވި ބައްޕަގެ ހަތަރު ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ހިމެނެ އެވެ. އަދި މި ހާދިސާގައި އޭނާގެ އަނބިމީހާވެސް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

ރޭ ފަތިހު 4:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ކުދިން ނިދާ ކޮޓަރީގައި ހުރި ގޭސް ހީޓަރެއްގައި އަލިފާން ރޯވެގެންނެއެވެ. އެގެއިން ތިން ކުއްޖަކު މަރުވެފައި ތިއްބާ ފެނުނީ އެ ކޮޓަރިންކަމަށް ތަހުގީގީ ވަގުތީ ރިޕޯޓްގައިވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާގައި ސަލާމަތްކުރެވުނު އަންހެންމީހާއަށް މިހާރުދަނީ އަލް-ގުރައްޔާތުގެ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އަލް-ގުރައްޔާތުގެ ސިވިލް ޑިފެންސް ޑިރެކްޓޮރޭޓުން ވަނީ އޭނާގެ ހާލު ސީރިޔަސްކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ