- Advertisement -ad image

ޕްރައިމަރީ އަށް ހަރަދު ކުރިއެއް ކަމަކު އެމްބިއުލާންސް ފޯރުކޮށްދެވެން ޖެހޭނެ!

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ޕްރައިމަރީއަށް ހަރަދުތައް ކުރިއަސް އެމްބިއުލާންސް ރަށްތަކަށް ފޯރުކޮށްދެވެން ޖެހޭނެ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެންބަރު ފިރުޝާން މިހެން ވިދާޅުވީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެމްބިއުލާންސެއް ނެތިގެން ބަލި މީހަކު ޕިކަޕެއްގައި އުފުލާ ފޮޓޯއެއް އާއްމުވުމާއި ގުޅިގެންނެވެ.
ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ތިނަދޫގައި އެމްބިއުލާންސްއެއް ނެތުމަކީ ދެރަވަރުކަމެއް ކަމަށެވެ.


ރޭގެ ވަގުތެއްގައި ގއ.ގެމަނަފުށިން ސީއެމްބިއުލާންސްގައި ތިނަދޫއަށް ގެންދިޔަ ވަރަށް ހާލުބޮޑު ބަލިމީހަކު، އެރަށު ބަނދަރުން ފެށިގެން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ޖެހުނީ ޕިކަޕުގައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮންނަ 3 އެމްބިއުލާންސްވެސް މިވަގުތު ވަނީ ހަލާކުވެފައެވެ.
ގދ ތިނަދޫ އަކީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަށްވާއިރު ކޮންމެ ދުވަހަކުވެސް ބޭސް ފަރުވާއަށް އަތޮޅުގެ އެހެން ރަށްތަކުގެ މީހުން އެރަށަށް ގޮސްހަދައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ