- Advertisement -ad image

ޕޭވްމަންޓް ފުޅާކޮށް އަމީނީމަގު ހަދަމުންދާތީ މޭޔަރުގެ ކަންބޮޑުވުން

ad image

ގުޅުންހުރި ލިޔުންތައް


އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި ބޮޑުކޮށް ކަމަށްވާތީ އަނެއްކާވެސް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޭޔަރު ވިދާޅުވީ މަގުމަތި 25ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށް ހަދާނަމަ މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަ ކަމަށެވެ.
އަދި ކުރިން ބިމުގެ އަޑިއަށްލުމަށް ނިންމާފައިވާ “ކޭބަލްޓްރޭ” އަނެއްކާވެސް ބިމުން މަތީގައި ހަދަމުންދާތީ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިހާރު މާލޭގެ މަގުމަތީގައި ބަސް ދުއްވާއިރު މަގުގެ ބޮޑުބައެއް ޕޭވްމަންޓަށް ނެގުމަކީ ޕަބްލިކް ޓްރާންސްޕޯޓް ބަސްތައް އަދި ޓޫވޭ ޓްރެފިކް އަށް ކުރިމަތިވާނެ ދާއިމީ ދަތިކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ