މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ތެރެއަށް އަދާލަތު ޕާޓީން ވަނީ ވަރަށް ދިރާސާކޮށް ހިސާބުޖެހުމަށް ފަހު ކަމަށް އެޕާޓީގެ ރައީސް އިމުރާނު އަބްދުالله ވިދާޅުވެއްޖެއެވެ.
އިމުރާނު ވިދާޅުވީ 2008، 2013 އަދި 2018 ގެ ރިޔާސީ އިންތިހާބުގެ ތެރެއަށް އަދާލަތުން ވަނީ ވަރަށް ގިނަ ދިރާސާކޮށް މަޝްވަރާކޮށް އަދި ހިސާބު ޖެހުމަށް ފަހު ކަމަށެވެ.
އިމުރާނު ވިދާޅުވީ މިއަހަރު މިކަންކަން ކުރިއަަށްވުރެވެސް ތަރުތީބުން ކުރެވޭ ކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އިމުރާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕާޓީތަކުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ޖުމުހޫރީ ޕާޓީ އާއި އެމްޑީޕީގެ މަޝްވަރާތައް ކުރިއަށްދާއިރު އަދާލަތާ އެމްޑީޕީންވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.