ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ސައިކަލުގެ ސްޕީޑު ހިފެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ ވިއްސާރައިގާ އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމަށެވެ. އަދި ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓެެއް ބޭނުންކުރުމަަށްވެސް ފުލުހުން އެދެއެވެ.
ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާމޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއެކު މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ސަމާލުވުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.
ފުލުހުން އިތުރަށް ބުނީ ކަނޑުދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނޭރުވުމަށް ސަމާލުކަންދޭންވާނެ ކަމަށެވެ.