މިއަދު ނެގި ރިޔާސީ އިންތިހާބުގެ ވޯޓުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ތަފާތު ބޮޑުކޮށް އިންތިހާބުގެ ކުރިއަށް ޖެހިލައިފިއެވެ.
އޮންލައިން ނޫސް ވަގުތުގެ ނަތީޖާއަށް ބަލާއިރު މިހާރު 431 ވޯޓު ފޮށި ގުނިއިރު ޑރ މުއިއްޒު އަށް ވަނީ 69،473 ވޯޓު ލިބިފައެވެ.
އިބުރާހިމް މުހައްމަދު ސާލިހަށް ލިބިފައިވަނީ 60،599 ވޯޓެވެ. ޑރ މުއިއްޒުއަށް ލިބިފައިވަނީ ވޯޓުލީ މީހުންގެ 45.69 އިންސައްތައެވެ. އަދި ސާލިހުއަށް ލިބިފައިވަނީ 39.86 އިންސައްތައެވެ.
ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އިލްޔާސް ލަބީބު އަށެވެ. އޭނާއަށް ލިބިފައިވަނީ 10،489 ވޯޓެވެ.



