ފަލަސްޠީނުގެ މިނިވަން ކަމަށް ޓަކައި ހަނގުރާ ކުރާ ހަނގުރާމަވެރިންނާއި އިޒްރާއިލްގެ ޔަހޫދީންނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެހީއަށް ޖެހެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިންނަށް ހުޅުވާލުމުން އެފަންޑަށް މިހާރު 7 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބުނެފިއެވެ.
އައިއޭސީ އިން ބުނެފައިވަނީ ހުއްޓުމެއް ނެތި އިޒްރާއިލްގެ ޔަހޫދީން ޣައްޒާއަށް ހަމަލާތައް ދެމުން ދިޔަ ނަމަވެސް އައިއޭސީގެ ވޮލެންޓިއަރުންގެ ޓީމުތަކުން ޣައްޒާގައި ހަމަލާތައް ދެމުންދާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މީގެއިތުރުން އައިއޭސީ އިން ބުނެފައިވަނީ ހަނގުރާމައިގައި ގެއްލުން ލިބިފައިވަ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހާލަތު ގާތުން ބަލައި މިވަގުތަށް އެންމެ ބޭނުންވާނެ ޒަރޫރީ ކަންތައްތައް ދެނެގަތުމަށް ހިތްވަރާއި އެކު އެވޮލެންޓިއަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލެވިފައިވާ ފަންޑަށް އަދިވެސް ލާރި ޖަމާކުރަން ވަނީ ހުޅުވާލެވިފައެވެ.
އެހީ ފޯރުކޮށްދިނުމަށް:
ބީއެމްއެލް އިސްލާމިކްއެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | EMERGENCY



