މަސައްކަތް މެދުކަނޑާލާފައި އޮތް އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތުގައި މިހާތަނަށް ނުނިމިވަނީ، ފަހު ދެ ސެގްމަންޓްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، މާފަންނަަށް އަމީނީމަގުގައި ބާކީ އޮތް ސަރަހައްދެވެ. މިއަދު ފަށާފައިވަނީ މެދުކެނޑިފައިއޮތް ދެ ސެގްމެންޓުގެ މަސައްކަތެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ރޯޑް ޑިވްލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައެވެ. ކުރީ ސަރުކާރުގައި މަސައްކަތް ކުރީ ދަޢުރު ނިމުމުގެ ކުރިން އަމީނީ މަގުގައި ތާރު އަޅާ ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެ، މަގުގެ މަސައްކަތް ނިމޭގޮތް ވަނީ ނުވެފައެވެ.
އާރްޑީސީގެ މެނޭޖަރ އޮފް ރޯޑް އިމްޕްލިމަންޓް އިބްރާހީމް ޤާސިމް ވިދާޅުވީ އެކުންފުނީގެ ޢަމާޒަކީ 45އާއި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުންކަމަށެވެ. ނަމަވެސް އެހެންނަމަވެސް ވިއްސާރަޔާއި ބިމުގެ އަޑީގެ ހާލަތައް ބެލުމަށްފަހު މަސައްކަތައް ލަސްތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މީގެ ކުރިން ހެދިފައިވާ ސެގްމަންޓްތަކުގައިވެސް މި ފަދަ ދަތިތަކާއި ކުތިމަލާން ޖެހުންކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު މަސައްކަތްކުރިއަށްގެންދާ ދެ ސެގްމަންޓުގެ ސްކޯޕަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން މިހާރު މަސައްކަތްކުރާ އަމީނީ މަގުގެ ދެ ސެގުމެންޓުގައި ހިމެނޭ ސަރަހައްދު ކުރިން ނިމިފައިވާ 11 ސެގްމަންޓަށްވުރެ ފުޅާވާނެކަމަށެވެ. އަދި މި ސެގްމަންޓްގައި 4 ލޭން ހިމެނޭއިރު މި 4 ލޭން ގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
އަމީނީ މަގަކީ މާލޭގެ ކާރޫ ބާރު ބޮޑުމަގަކަށް ވުމާއެކު އަމީނީމަގުގެ ޓްރެފިކް ފްލޯއަށް މި ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.