ބޭކާރު ކަންކަމަށް ވަގުތު ހޭދަ ކުރެއްވުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސަމާލުކަން ދެއްވާކަމެއްނޫން ކަމަށް ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ގައުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭމަގުން ކުރިއަށް ވަޑައިގަތުން ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީގެ ދަށުން އުފެދިގެން އައި ކޮންމެ ސަރުކާރެއް ވައްޓާލަން އުޅޭ މީހުން ރައްޔިތުންނަށް ވަރަށް ސާފު ކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ
“ތިމާގެ ސިކުނޑިއަށް ނުފޯރާ ކަންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދައްކާ މަޑުމަޑުން ހަނު ހުރިއްޔާ” އަބުދުއްރަހީމް ވިދާޅުވެފައިވެއެވެ.
އަބުދުއްރަހީމް މިގޮތަށް ވިދާޅުވެފައި މިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ މަޖިލީހުގެ ގަވައިދުގައި ހުރި މާއްދާތަކަށް އާންމު ކޮމިޓީން ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.



