އިއްޔެ ބޭއްވި ފަސް ބައި އިލެކްޝަނުން ތިން ގޮނޑި، ވެރިކަން ކުރަ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭގެ ތެރެއިން ހެންވޭރު ދެކުނާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެމްޑީޕީން ކާމިޔާބު ކުރީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ.
އިއްޔެ ބައި އިލެކްޝަން ބޭއްވި ދާއިރާތަކާއި ނަތީޖާތައް
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު – އާދަމް އާޒިމް
މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާ – އައިމިނަތު އަހުމަދު ރިޝްފާ (ޕީއެންސީ)
މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ – ހަސަން ނިޒާމު (ޕީއެންސީ)
މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާ – އަހުމަދު ރިލުވާން ރަޝީދު (އެމްޑީޕީ)
މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ – ޒައީމާ އަބްދުއް ރަޝީދު (ޕީއެންސީ)
ބައި އިލެކްޝަނުން 3 ގޮނޑި ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ ބޮޑު އަގުލަބިއްޔަތެއް އޮތީ ސަރުކާރު ހިންގާ މައި ޕާޓީއަށެވެ.
މި އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވެ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބިފައިވާއިރު ވޯޓުލާން ނުކުމެފައިވަނީ 31.84 ޕަސެންޓެވެ.