މި އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި 6 ސަރަޙައްދެއްގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ފިޠުރު އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 6 ތަނެއްގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދު ކުރާ ތަންތަން
މާލޭ މާފަންނު ސްޓޭޑިއަމް
އިސްލާމީ މަރުކަޒާއި އެ މިސްކިތުގެ ސަރަހައްދު
ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދު
ވިލިމާލޭ ފުޓްބޯޅަ ދަނޑު
ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް
ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަދައިދޭނެ މީހުން ހޯދުމަށާއި އެ ތަންތަނުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ.
ރާއްޖޭގައި ޢީދު ނަމާދު ކުރަނީ 7:30 ގައެވެ. އެހެންނަމަވެސް ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.