ސަލްޓަންް ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ސަލްޓަން ޕާރކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުން ދީފައި ކަމަށެވެ.
އަދި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ދަނީ ކުރަމުން ކަމަށްވެސް މާލެ ސިޓީކައުންސިލުން ހާމަކުރެއެވެ.
މީގެކުރިން ވަނީ ބަންޑާރަ މިސްކިތުގެ ފާހާނާ ތަށިތަކަށްވެސް ބަޔަކު ގެއްލުންދީފައެވެ.
އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުންގެ ބައިގައި ހުރި އިސްކުރުތައްވެސް ވަނީ ހަލާކުކޮށްފައެވެ.



