މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް، ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.
މި ލިސްޓުގައި ޖުމްލަ 50 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ 2 އަހަރު ދުވަހުގެ ދައުރެކެވެ.
މީޑިއާ ކައުންސިލްގެ މައިގަނޑު މަގްސަދަކީ ގާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި އުސޫލުތަކުގައި ހިފަހައްޓާ ޒިންމާދާރު މީޑިއާއެއް ގާއިމުކުރުމެވެ.
މި އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓް ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
https://www.gazette.gov.mv/iulaan/298724



